އުރީދޫއިން ކުރިއަށްގެންދާ އަތޮޅު ދުވުމުގެ 5K ދުވުމުގެ ބައިވެރިންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެއެވެ. މި ދުވުން ނިންމުމުގެ ވަގުތު މާދަމާގެ ނިޔަލަށް އިތުރު ކުރުމަށް އުރީދޫއިން މިވަނީ ނިންމާފައެވެ.
އުރީދޫން ބުނެފައިވަނީ މުއްދަތު އިތުރުކުރީ ރަޖިސްޓްރީކޮށް، އިތުރު ވަގުތު ބޭނުންވާ ފަރާތްތަކުން އެފަދަ ފުރުސަތަކަށް އެދެމުން އަންނާތީ ކަމަށެވެ. ކުރިން މި މުއްދަތު އޮތީ އިއްޔެގެ ނިޔަލަށެވެ.
އުރީދޫއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 5832 މީހަކު ބައިވެރިވެފައިވާކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ އަތޮޅު ދުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ކެޓަރީއެއްގައެވެ.
އެއީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ފަސް ކިލޯމީޓަރުގެ ދުވުމާއި 15 ކިލޯމީޓަރުގެ ވާޗުއަލް ރިލޭއެކެވެ.
5K ދުވުންވެސް ކުރިއަށްގެންދަނީ އެބޭފުޅެއްގެ ގޭގައި ހުރެގެންވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައިވެސް މި ދުވުން ފުރިހަމަކުރެވޭ ގޮތަށެވެ.
https://twitter.com/OoredooMaldives/status/1299781152727732224
އުރީދޫ އަތޮޅު ދުވުމުގެ ބައިވެރިންނަށް ޙާއްޞަ އިނާމުތަކެއް
އުރީދޫ އަތޮޅު ދުވުމުގެ ޕާރޓްނަރުންނާއި ގުޅިގެން ދުވުންތެރިންނަށް ވަރަށް ޙާއްޞަ އިނާމްތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. މީގެ ތެޜޭގައި:
1. ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބިވަޑައިގަންނަވާނެއެވެ. ފޮޓޯ ޝެއަރ ކުރައްވާ އިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކުރައްވާ #OoredooAtholhuDhuvun #MavesDhuvan ހޭޝްޓެގް ބޭނުންކުރައްވަންޖެހޭނެއްވެ. މީގެ އިތުރުން ޕޯސްޓް ފެންނާނެހެން އެކައުންޓް ޕަބްލިކް ކުރުމަށްވެސް އުރީދޫ އިން އިލްތިމާސްކުރެއެވެ.
2. ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދެއްވާ ޙާއްޞަ އިނާމެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.
3. އަދި މީގެ އިތުރުން، ވަރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ ބޭފުޅުންނަށް ރޭގަނޑުގެ ކެއުމެއް ލިބިވަޑައިގަންނަވާނެއެވެ.
އަތޮޅު ދުވުމުގައި ބައިވެރިވާ އެންމެހާ ދުވުންތެރިންވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމޭހިތުމަށް އުރީދޫ އިން ބާރުއަޅައެވެ. އާއްމު ދުވުންތަކާއި ޙިލާފަށް، މި ވަރޗުއަލް ދުވުމަކީ 48 ގަޑިއިރުގެ ތެރޭގައި، ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް ފުރިހަމަ ކޮށްލެވޭނެ ދުވުމެކެވެ. އެންމެހާ ދުވުންތެރިންނަށްވެސް އުފާވެރި ތަޖުރިބާއަކަށްވާނެ ކަމަށް އުއްމީދު ކުރެއެވެ.
‘އުރީދޫ އަތޮޅު ދުވުން’ ވަރޗުއަލް ރަންއާއި ގުޅޭ އިތުރު މައުލޫމާތު، އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް މެދުވެރިކޮށް އަދި https://www.ooredoo.mv/atholhu-dhuvun/ އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް