ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އަމަލީގޮތުން ފަށައިފި އެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ.
އެ ކުންފުނިން ބުނީ އިސްދޫ ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރަމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން އިސްދޫ ބަނދަރުގެ 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ އެވެ. 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.
98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 1,560 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ އެވެ.
މި މަޝްރޫއަށް އީއައިއޭ ހުއްދަ ލިބިފައިވަނީ މި އަހަރުގެ މެއި 27 ވަނަ ދުވަހު އެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 34.7 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު ހަވާޅު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް