މާލޭގެ ފިހާރައެއްގެ އެއާކޮންޑިޝަންގެ އިންޑޯގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފަށް ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 12:15 ހާއިރު އެވެ. އަލިފާންގަނޑު ނިވާލެވިފައިވަނީ 1:30 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
މިއަދު މާލޭގައި ފިހާރައެއްގައި ރޯވެފައިވާއިރު އިއްޔެ ރޭ ވަނީ އާޓިފިޝަލް ބީޗު ކައިރީގައި ހުރި ކެފޭއެއްގައި ރޯވެ އެ ތަނާއި ޖެހިގެން ހުރި އެސްބީއައި ހިންގާ އިމާރާތުގައިވެސް ރޯވެފައި އެވެ. މިހާދިސާގައި މީހަކަށް ގެއްލުން ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވި ތަންތަނަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް