ރ. ކިނޮޅަހަށް ދަތުރު ކުރި ޑިންގީ އެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ 10:45 ހާއިރު ކަމަށެވެ.
މި ހާދިސާގައި ގެއްލުނު ޑިންގީ ކިނޮޅަހަށް ދާން ދަތުރު ފެށީ ރ. އަތޮޅުގައި ހިންގާ ރިސޯޓެއްކަމަށްވާ މާމުނަގުއަ ރިސޯޓުންނެވެ.
ގެއްލިފައިވަނީ 15 ފޫޓުގެ ޑިންގީއެކެވެ.
ޑިންގީ އެ ރަށަށް ދަތުރު ފެށީ ދެމީހުންނާއި އެކު އެވެ.
އެމްއެންޑީއެފް ކޯސްޓުގާޑުން މިހާރު ދަނީ އެ ޑީންގީ ފެނޭތޯ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް