ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތަކާއި ފައިނޭންސިންގތައް މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ފަސްކޮށްދީފިއެވެ.
އެގޮތުން ލޯނުތައް ފަސްކޮށްދިނުމަށް ކުރިން ހުށަހަޅާ ލޯނުތައް މިހާރުވެސް ފަސްކޮށްދީފައިވާ ފަރާތްތަކަށް އިތުރު ތިން މަހަށް ފަސްކޮށްދެވޭނެ ކަމުގައި ބޭންކުން ބުނެއެވެ. އެއީ ސެޕްޓެމްބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. އެޕްލައި ކުރުމުގެ ފުރުސަތު އަށެއް ސެޕްޓެމްބަރުގައި ހުޅުވާލާނެ ކަމަށާއި އިތުރަށް ފަސްކޮށްދިނުމަށްވެސް ހުށަހަޅަން ޖެހޭނެ ކަމުގައި ބޭންކުން ބުނެފައިވެއެވެ.
މީގެ އިތުރުން ފަސްކޮށްދޭން އެއްގޮތަކަށްވެސް ހުށަހަޅާފައިނުވާ ފަރާތްތަކަށްވެސް ފަސްކޮށްދޭން އެދުމުގެ ފަހި ފުރުސަތެއް ހުޅުވާލަން ބޭންކުން މިވަނީ ނިންމާފައެވެ. އެއީ އަލަށް ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރުގެ ނިޔަލަށް ހުޅުވާލުމެވެ. ބޭންކުން މައުލޫމާތުދެއްވާގޮތުގައި ޑިސެމްބަރުގެ ނިޔަލަށް އޮތް މި ފުރުސަތުގައި އަލަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ހަ މަސް ދުވަހަށް ލޯނު ފަސްކޮށްދޭނެއެވެ. އަދި ކުރިން ހުށަހަޅާފައިވާ އަދި ލޯނުތައް ފަސްކޮށްދީފައިވާ ފަރާތްތަކަށް ލިބިގެން މިދަނީ ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު ކަމުގައިވެސް ބޭންކުން ބުނެއެވެ.
ކުރިން ހުޅުވާލި ފުރުސަތުގައި ޖުލައި މަހުގެ ނިޔަލަށް 17 ހާހަށްވުރެ ގިނަ ކަސްޓަމަރުން ލޯނު ފަސްކޮށްދިނުމަށް ހުށަހެޅި ކަމުގައި ބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް