އޭޑީކޭ އިން މެމޯ ޑިޖިޓަލް ކޮށްފި

އޭޑީކޭ ހޮސްޕިޓަލުން ޑިޖިޓަލް މެމޯ ދޫކުރަން ފަށައިފި އެވެ. އޭޑީކޭއިން ކުރި ޓްވީޓެއްގައި ބުނީ، 01 ސެޕްޓެންބަރު 2020 ފެށިގެން ޕްރިންޓް ކޮއްފައި ހުންނަ ކަރުދާސް ކޮންސަލްޓޭޝަން މެމޯ ދޫކުރުން ހުއްޓާލާ އެސްއ...

30 Aug 2020 | 05:59

އޭޑީކޭ ހޮސްޕިޓަލުން ޑިޖިޓަލް މެމޯ ދޫކުރަން ފަށައިފި އެވެ.

އޭޑީކޭއިން ކުރި ޓްވީޓެއްގައި ބުނީ، 01 ސެޕްޓެންބަރު 2020 ފެށިގެން ޕްރިންޓް ކޮއްފައި ހުންނަ ކަރުދާސް ކޮންސަލްޓޭޝަން މެމޯ

ދޫކުރުން ހުއްޓާލާ އެސްއެމްއެސް މެދުވެރިކޮށް ޑިޖިޓަލް މެމޯ ފޮނުވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

https://twitter.com/ADKHospital/status/1299911980560592897

އޭޑީކޭއިން، މިދިޔަ އަހަރު މާޗް މަހުން ފެށިގެން ވަނީ، ހޮސްޕިޓަލުން ދޫކުރަމުން އައި ކޮންސަލްޓޭޝަން މެމޯ ރަޖިސްޓްރީ ކޮއްފައިވާ މީހުންގެ މޮބައިލް ނަންބަރުތަކަށް ލިބޭގޮތަށް ހަމަޖައްސާފައެވެ. އެހެންކަމުން، އޭޑީކޭއިން ހިދުމަތް ހޯއްދަވާ ބޭފުޅުން މި ހޮސްޕިޓަލުގައިރެޖިސްޓްރީ ކުރައްވާފައިވާ މޯބައިލް ނަންބަރަކީ ސައްހަ ނަންބަރުތޯ ބައްލަވާ ޔަގީން ކުރައްވުމަށްވެސް އޭޑީކޭއިން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް