ހުކުރު ދުވަހު ރޭ ހެންވޭރު ސަންލެޓް ބިލްޑިންގައިި ހިނގި އަލިފާނުގެ ހާދިސާގައި އުރީދޫ އޮފީހަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އުރިދޫގެ ހިދުމަތްތަކަށް ބުރުލެއް ނާރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރިދޫއިން ކުރި ޓްވީޓެއްގައި ބުނީ، އަލިފާނުގެ ހާދިސާގައި އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އުރިދޫގެ އޮފީސް ސަރަހައްދު ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ކަސްޓަމަރުންނަށް ހިދުމަތްތައް ލިބުމުގައި ދަތިކަމެއް ނާންނާނެ ކަމަށެވެ.
އުރީދޫއިން ބުނީ، ހިންގުމަށް އެއްވެސް ބުރުލެއް ނާރާކަމަށާއި، ހިދުމަތްތައް އޫރިދޫގެ ރީޖަނަލް އޮފީހުންނާއި، ސާވިސް ސެންޓަރުތަކުގެ އިތުރުން ހުޅުމާލޭގެ ނެޓްވޯކް އޮފަރޭޝަން ސެންޓަރުތަކުން ކުރިއެކޭވެސް އެއްގޮތަށް ދެމުންދާނެކަމަށެވެ.
https://twitter.com/OoredooMaldives/status/1299672638634119168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1299672638634119168%7Ctwgr%5E&ref_url=https%3A%2F%2Fcdn.embedly.com%2Fwidgets%2Fmedia.html%3Ftype%3Dtext2Fhtmlkey%3Dfd92ebbc52fc43fb98f69e50e7893c13schema%3Dtwitterurl%3Dhttps3A%2F%2Ftwitter.com%2Fooredoomaldives%2Fstatus%2F1299672638634119168image%3D
އޫރިދޫއިން ބުނީ މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ވެސް މުވައްޒަފުން ދައްކަވަމުން ގެންދާ ހިތްވަރާއި ކަސްޓަމަރުންނަށް ދޭ ހިދުމަތަށް އެއްވެސް ބުރޫލެއް ނާންނަ ފަދަ ގޮތަކަށް ހިދުމަތްތަށް ދިނުމުގައި މުވައްޒަފުން ކުރައްވަމުންގެންދަވާ މަސަައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަދި މީގެ އިތުރުން އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެވަގުތު ހަރަކާތްތެރިވި އެމެޖެންސީ ރެސްޕޮންސް ޓީމުގެ މަސައްކަތް ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް އޫރިދޫއިން ޝުކުރު އަދާކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް