ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަށް އަންގާފައިވަނީ ޑރ ވަހީދަށް ފަސޭހަފުޅު ގަޑިއެއްގައި އެވެ.. އެހެންވެ އެމަނިކުފާނު ވަނީ މިއަދު ހަވީރު 4:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާނެ ކަމަށް އަންގާފައި އެވެ.
މިއީ ރައީސް ވަހީދު ވެރިކަމުން ފައިބައިވަޑައިގެންފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާ ފުރަތަމަ ފަހަރެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު ހާޒިރު ކުރަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އިދިކޮޅު މުޒާހަރާ އާއި ގުޅިގެންނެވެ.
އެ މުޒާހަރާގައި ރައީސް ވަހީދު ބައިވެރިވެވަޑައިގެންނެވި އިރު މާސްކު ނާޅުއްވާ ހުންނެވި ކަމަށް ބުނެ ވެރިކަން ކުރާ އެމްޑިޕީއަށް ތާއީދު ކުރާ މީހުން ގެންދަނީ ފަޑު ކިޔަމުންނެވެ. އަދި ފުހުންވެސް ވަނީ އެ ދުވަހުގެ މުޒާހަރާގައި މާސްކު ނާޅައި އިޖްތިމާއީ ގައިދުރުކަން ބަހައްޓާފައި ނުވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް