މުޒާހަރާތައް ފެށީ ނުހައްގުން ހުރިހާ އަދަބެއް ލިބޭނެ ކަން އެނގިތިބެ: އަދުރޭ

ސަރުކާރާއި ދެކޮޅަށް ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާ ކުރަން ނުކުމެ ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން އެނގިތިިބެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަ...

30 Aug 2020 | 04:29

ސަރުކާރާއި ދެކޮޅަށް ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާ ކުރަން ނުކުމެ ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން އެނގިތިިބެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލޭގައި މުޒާހަރާކޮށްފައި އެވެ. މި މުޒާހަރާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައި އެވެ.

މިކަމާއި ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާ ކުރުމަށް ނުކުމެތި ބީ ނުހައްގުން ހުރިހާ އަދަބެއް ލިބޭނެ ކަން އެނގިތިބެ ކަމަށެވެ. އަދުރޭ ވިދާޅުވީ އިދިކޮޅުގައި ތިބީ ދިވެހި ލޭހިނގާ ދަރިން ކަމަށެވެ.

އޭނާ ވިދާޅުވީ ނުހައްގުން ހައްޔަރުކޮށް، ހުކުމްކޮށް، ޖަލަށް ލާން މިސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި އިދިކޮޅުން ތިބީ އެކަންކަން ކޮށްފާނެ ކަމަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

https://twitter.com/Banafsaa/status/1299754548936896513

އަދުރޭ މިހެން ވިދާޅުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނުހައްގުން އޭރުގެ އިދިކޮޅު ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް ނުހައްކުން ހުކުމްކޮށް ޖަލަށް ލީ ކަމަށް އެމީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް