މުޅި ރާއްޖެއަށް ކޮވިޑް-19 ފަތުރަން ޕީޕީއެމުން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމުން މުޅި ރާއްޖޭގައި ކޮވިޑް-19 ފަތުރަން ފެށި މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށެވެ. ބަޔަކު ސިޔާސީ ބޭނުމަށް ރައްޔިތުން ބަލިމަޑު ކަމެއްގެ ތެރެއަށް ވައްޓާލަން ޖާގަ ދީގެން ނުވާނެ ކަމަށްވެސް ރޮޒޭނާ ކުރެއްވި މި ޓުވީޓުގައި ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1299733701064966144?s=20
ރޮޒޭނާ މިފަދަ ތުހުމަތެއް ކުރައްވާފައިމިވަނީ ގދ.ތިނަދޫން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވި މީހާއަކީ ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިއެއްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.
ތިނަދޫން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އިދިކޮޅުން ހުކުރު ދުވަހު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބޭއްވިއިރު، މާލޭގައި ވަނީ ސައިކަލު ބުރެއް ވެސް ބާއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް