ދިވެހިންގެ އެހީގައި ލަންކާގައި ބިނާކުރާ މިސްކިތް ނިންމާލުމަށް ސޮދަގާތް ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައި

ދިވެހިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދީލަތި ފަރާތްތަކުގެ ސޮދަގާތުން ސްރީ ލަންކާގެ ކިންނިޔާގައި ބިނާކުރަމުން އަންނަ މަސްޖިދުލް ނޫރާނިއްޔާ މިސްކިތުގެ ގްރައުންޑް ފްލޯ ނިމި، ފުރަތަމަ ފަންގިފިލާގެ މަސ...

30 Jul 2026 | 06:35
N/A

N/A

ދިވެހިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދީލަތި ފަރާތްތަކުގެ ސޮދަގާތުން ސްރީ ލަންކާގެ ކިންނިޔާގައި ބިނާކުރަމުން އަންނަ މަސްޖިދުލް ނޫރާނިއްޔާ މިސްކިތުގެ ގްރައުންޑް ފްލޯ ނިމި، ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފެށިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

މި މިސްކިތް ނިމުމުން 2،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ލިބިގެންދާނެއެވެ. އައިއޭސީ އިން ބުނީ މި މިސްކިތުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމް އާބާދީއަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި، ޚާއްޞަކޮށް ކުޑަކުދިންނާއި ޢާއިލާތަކަށް ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ލިބި، އަޅުކަމާއި ދީން އުނގެނުމާއި ޢީދު ފާހަގަކުރުން ފަދަ ކަންކަމަށް ބޭނުންކުރެވޭނެ ކަމަށެވެ.

ކުރިން އެ ސަރަހައްދުގެ މުސްލިމުން ނަމާދުކުރުމަށް ބޭނުންކުރި މިސްކިތް - 

މި ޕްރޮޖެކްޓަކީ އައިއޭސީ އާއި އަލް ޙިކްމާ ފައުންޑޭޝަން (އޭއެޗްއެފް) ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މިސްކިތް އެއްކޮށް ނިންމާލުމަށް އަދިވެސް ސޮދަގާތް ބޭނުންވާ ކަމަށާއި، ކިތަންމެ ކުޑަ އަދަދަކުން ވެސް ސޮދަގާތް ކުރެވޭނެ ކަމަށް އައިއޭސީ އިން ބުނެއެވެ.

ސޮދަގާތް ކުރެއްވުމަށް ބީއެމްއެލް އިސްލާމިކް އެކައުންޓް ނަންބަރު 7770000062742 ނުވަތަ އެމްއައިބީ އެކައުންޓް ނަންބަރު 90101555002111002 އަށް ފައިސާ ޖަމާކުރެވޭނެއެވެ. އެކައުންޓްގެ ނަމަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އެވެ. އިތުރު މަޢުލޫމާތު 9122121 އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް