ކޯވިޑަށް 152 ކޭސް ޕޮޒިޓިވް، މާލޭން ބޭރުންވެސް މިއަދު 10 ކޭސް

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 152 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި މާލެއިން ބޭރު 10 ކޭސް ފެނިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި ޕޮޒިޓިވް ވި 152 މީހުންގ...

30 Jul 2020 | 16:30

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު 152 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މީގެ ތެރޭގައި މާލެއިން ބޭރު 10 ކޭސް ފެނިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ޕޮޒިޓިވް ވި 152 މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 54 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ ފަސް މީހުންނާއި ސްރީ ލަންކާއަށް ނިސްބަތްވާ ހަތަރު މީހެކެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާރު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށް ތަކަކީ ހއ. ކެލާ، ނ. ސޮނެވާ ޖާނީ ރިސޯޓް، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ އަދި ކ. މާފުއްޓެވެ.

މި 152 އަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 3719 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް