އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފި

އާންމުތަންތަނުގައި އުޅޭއިރު މާސްކު އެޅުން ސަރުކާރުން މަޖުބޫރުކޮށްފި އެވެ. މިގޮތަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޮންލައިންކޮށް ނޭޝަނަލް ޓާސްކް ފޯސްއާ އެއްކޮށް ބޭއްވެވި ބައ...

30 Jul 2020 | 13:11

އާންމުތަންތަނުގައި އުޅޭއިރު މާސްކު އެޅުން ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

މިގޮތަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޮންލައިންކޮށް ނޭޝަނަލް ޓާސްކް ފޯސްއާ އެއްކޮށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެވެ. މިކަން ހާމަ ކުރީ ރައީސް އޮފީހުން ކުރި ޓުވީޓެއްގައި އެވެ.

އެ ޓުވީޓުގައި ބުނެފައިވަނީ މދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން ކޯވިޑަށް ޕޮސިޓީވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މީހުންނާއި ބައްދަލު ކުރުން މަދު ކުރުމަށާއި ގޭގައި ތިބެ މަސައްކަތް ކުރެވޭ ނަމަ ގޭގައި މަސައްކަތް ކުރުމަށް ސަރުކާރުން ބާރު އަޅާ ކަމަށެވެ.

ގިނަ ގިނައިން އަތް ދޮވުމުގެ އިތުރުން އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ވާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖެ އަލުން ލޮކްޑައުންއަށް ދިޔުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށް މިއަދުގެ ބައްދަލުވުމުގައި އެއްބަސް ވެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އާންމު ތަންތަނުގައި މާސްކު އެޅުމަށް މަޖުބޫރު ކުރި ނަމަވެސް މި ނިންމުމަށް އަމަލު ކުރަން ޖެހެނީ ހަމަ އެކަނި މާލޭގައި ކަމެއް ހާމައެއް ނުކުރެ އެވެ. އެހެން ކަމުން އަތޮޅު ތެރޭގައި މި އެންގުމަށް އަމަލު ކުރަންޖެހޭ ކަން އަދި ވަނީ ސާފުވާގޮތް ނުވެ އެވެ.

މި މައުލޫމާތު މިރޭ 9:00 ގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރާނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް