ކޯވިޑް-19 ޖެހިގެން، އުމުރުން ދުވަސްވީ އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 16 ވަނަ ފަރާތެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި އުމުރުން 71 އަހަރުގެ މި އަންހެން މީހާ ނިޔާވެފައިވަނީ މިއަދު 1:38 ގައެވެ. އައިޖީއެމް ހޮސްޕިޓަލުގެ އީއާރަށް އޭނާ ދެއްކީ ނޭވާލާން އުނދަގޫވާތީ ހެނދުނުގެ ވަގުތެއްގައި ކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވެފައިވާ ހުރިހާ ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މިމަހު މި ބަލީގައި މަރުވި ހަ ވަނަ މީހާ އެވެ.
ކޯވިޑް ޖެހިގެން ދެން މަރުވެފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ފިލިޕިންސް މީހެކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 3،567 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 2،554 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް