އެމެރިކާގެ ރައީސްކަމަށް ވާދަކުރާނެ ކަމަށް ބުނުމުން ކަންޔޭ ވެސްޓް ވަނީ މީޑިއާގެ ފަލަ ސުރުހީތަކަށް އަރައިފައެވެ. އަދި ވެސްޓްގެ މެންޓަލް ހެލްތުގެ މައްސަލަ ތަކުގެ ވާހަކަވެސް ދަނީ މީޑިއާގައި ދެކެވެމުންނެވެ. ވެސްޓްގެ އަންހެނުން ކިމް ކާޑޭޝިއަން ވެސްޓް އޭނާގެ ފިރިމީހާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް ބުނުމުން، ލަވަކިޔުންތެރިޔާ/ ޑިޒައިނަރު ވަނީ އޭނާގެ ސަޕޯޓަރުންނަށް އޭނާގެ އިހުސާސްތައް ހިއްސާކޮށްފައެވެ. ރައީސްކަމަށް އައުމަށް ކެމްޕޭނުގެ ތެރޭން ބޭއްވި ފުރަތަމަ ރެލީގައި ވެސްޓް ބުނީ ކިމް އުޅުނީ އޭނާގެ ދޮށީ ދަރިފުޅު ނޯތް ވެސްޓް އަށް ބަޑުބޮޑުވުމުން ބޭނުން ނުވެގެން އެބޯޓްކޮށްލަން ކަމަށެވެ.
ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހޭއިލީ ބީބާ ވަނީ ދާދި ފަހުން ޔޯމިންގ ސިޓީގެ މޮންސްޓާ ލޭކް ރެންޗަށް، ކަނެޔޭ ވެސްޓާއި ބައްދަލު ކުރަން ގޮސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވޯޑިއޯގައި ފެންނަނީ ބީބާގެ ދެމަފިރިން ވެސްޓާއި ބައްދަލު ކުރާ ތަނާއި ވެސްޓް އެމީހުންނަށް އުފަލާއި އެކު މަރުހަބާ ކިޔާތަނެވެ. ވެސްޓާއި ބީބާ އަކީ ވަރަށް ކުރީގެ ދެ އެކުވެރިންނެވެ. ބީބާގެ ދެމަފިރިން ރޯޑް ޓްރިޕެއްގައި އުޅެމުން ވެސްޓް ކައިރިއަށް އައީ އޭނާ ހިތްހަމަޖައްސާލަދޭން ކަމަށް މީޑިއާތަކުން ބުނެއެވެ. ބޮޑަށް ބެލެވެނީ މިދެމަފިރިން ވެސްޓް ކައިރިއަށް އައީ އޭނާ މިހާރު ހުރި ހާލަތުގައި ހިއްވަރު ދިނުމަށް ކަމަށެވެ. ވެސްޓް ވަނީ ދާދިފަހުން ކިމް ކާޑޭޝިއަން ވަރިކުރާނެ ކަމަށްވެސް ބުނެފައެވެ. މީޑިއާތަކުގެ އިތުރުން އޭނާގެ ސަޕޯޓަރުންނަށްވެސް މިއީ ގަބޫލުކުރަން ދަތި ޚަބަރަކަށް ވަނީ ވެފައެވެ.
ބީބާ އަކީވެސް މީގެ ކުރިން މެންޓަލް ހެލްތު މައްސަލަތަކެއް ތަހައްމަލު ކުރި ފަންނާނަކަށްވުމުން، މި ބައްދަލުކުރުމުގައި ވެސްޓަށް އެހީތެރިވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ. ކިމްވެސް ވަނީ ދާދި ފަހުން އޭނާ ވެސްޓާއި ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް، ކަންޔޭ ވަނީ އޭނާގެ އަންހެނުން ކިމް އާއި ބައްދަލު ކުރަން ދެކޮޅު ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް