ކަމަދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑަށް ޕޮސިިޓިވް ވެއްޖެ

ބ. ކަމަދޫން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެމީހާ އަކީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެ އެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ ކަ...

30 Jul 2020 | 10:02

ބ. ކަމަދޫން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެމީހާ އަކީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެ އެވެ. އެމީހާ ޕޮސިޓިވްކަން އެނގުނީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޯވިޑަށް ޓެސްޓު ކުރި އިރު އެވެ.

ކަމަދޫ ކައުންސިލުން މީޑިއާގައި ބުނެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ނުވަ މީހަކު އެބަތިބި ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މި ފަހުން މާލޭގެ އިތުރުން 12 ރަށަކުން ކޯވިޑަށް މީހުން ވަނީ ޕޮސިޓިވްވެފައި އެވެ. އޭގެ ތެރޭގައިހ ގިނައީ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 3،567 މީހަކު ވަނީ ޕޮސިޓީވް ވެފައި އެވެ. މި ބަލިން 2،554 މީހުން ވަނީ ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް