އިތުރު 24 މީހަކު ޕޮސިޓިވްވެއްޖެ، މިއަދު ބަލިން ރަނގަޅުވީ 17 މީހަކު

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 17 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ...

30 Jun 2020 | 17:31

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 17 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު 17 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެއާއި އެކު ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 1،944 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ 24 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހަކާއި އިންޑިއާ މީހެކެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވަމުންދާ އަދަދަކީ ކޮންޓްރޯލް އަދަދެއް ކަމަށެވެ. ރާއްޖެއިން އާންމުކޮށް ޕޮސިޓިވްވަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 50،336 ސާމްޕަލެވެ. އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ފަސް ޕަސެންޓު މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،361 މީހުންނެވެ. އޭގެ ތެރެއިން މި ބަލީގައި މަރުވެފައިވަނީ ނުވަ މީހެކެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ. ދެން ހިމެނެނީ ފިލިޕިންސް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް