ކަނޑުމަގުން އައްޑޫއަށް އެތެރެ ކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެ ކުރަން އުޅުނު 5.5 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ސިފައިން...

30 Jun 2020 | 11:47

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެ ކުރަން އުޅުނު 5.5 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ސިފައިންނާއި ގުޅިގެންނެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރީ ގދ. ތިނަދޫއިން ކަމަށެވެ.

މި އޮޕަރޭޝަންގައި ތިނަދޫއިން ފުރައިގެން އައި ލޯންޗު ހިތަދޫ ކަނޑިހެރާ އުތުރު ފަރާތުން ކަނޑުމަތިން ހުއްޓުވައި ބަލާ ފާސްކުރި އިރު ލޯންޗު ތެރެއިން މަސްތުވާތަކެރި އަޅާފައި ހުރި ބޮޑު ފަސް ޕެކެޓު ފެނިފައިވާ ކަމަށެވެ. އެ ޕެކެޓުތަކުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި އަތުލައިގަތް 5.5 ކިލޯގްރާމްގެ މަސްތުވާތަކެތީގެ ބަރުދަނަކީ ވަގުތީ ބަރުދަކަން ކަމަށެވެ.

މި މައްސަލައިގަ ހަ މީހަކު ހައްޔަރު ކުރި އެވެ އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ ތިން ފިރިހެނުންނާއި، 28 އަހަރާއި 30 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް