މާދަމާ މާލޭގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ

މާދަމާއިން ފެށިގެން މާލޭ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކެއް ޖުލައި އިން ފެށިގެން މާލޭގ...

30 Jun 2020 | 07:07

މާދަމާއިން ފެށިގެން މާލޭ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކެއް ޖުލައި އިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ.

މާލޭ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ނިންމަފައި މިވަނީ ބަލި ކޮންޓްރޯލްވުމުން މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދިންތާ ދެ ހަފްތާ ފަހުންނެވެ. މިދިޔަ ދެ ހަފްތާގައި މިސްކިތްތަކުގައި ނަމާދު ކުރަނީ ގައިދުރު ކަމުގައި ވަކިވަކިން ތިބެގެންނެވެ.

ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ނުދޭނީ މާލޭ ސިޓީގަ ހުކުރު ނަމާދުވެސް ނުކުރެ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯ ކުރުމަށް މިސްކިތްތަކުގައި އަޅާފައި ހުރި ކާޕެޓްތައް ނަގާފައިވެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބަލި ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ފަހު އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް މިހާރު ޖަމާއަތުގައި ނަމާދު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް