އެމިރޭޓްސްގެ ދަތުރުތައް އަންނަ މަހު 16 ރާއްޖެއަށް އަލުން ފަށަނީ

އެމިރޭޓްސްގެ ޝެޑިއުލް ދަތުރުތައް ޖުލައި 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަލުން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅީގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ...

30 Jun 2020 | 03:44

އެމިރޭޓްސްގެ ޝެޑިއުލް ދަތުރުތައް ޖުލައި 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަލުން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅީގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. ރާއްޖެއިން ބަލި ކޮންޓްރޯލް ކުރެވި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ހެލްތް މިނިސްޓްރީން ނިންމުުން ސަރުކާޜުން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ވައިގެ ބޯޑަރު އަލުން ހުޅުވާލާށެވެ.

އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ބޭވުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބި އެމިރެޓްސްގެ ވިޔަފާރީގެ މައި ސިޓީ ދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ހަފްތާއަކު ފަސް ފްލައިޓު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖެއަށް އެމިރޭޓްސްގެ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ، ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

ބޯޑަރު ބަންދު ކުރުމުގެ ކުރިން އެމިރޭޓްސް އިން ރާއްޖެއަށް ދުވާލަކު އެވްރެޖުކޮށް ތިން ފްލައިޓު ބޭއްވި އެވެ.

އެމްއޭސީއެލް އިން ބުނީ ރާއްޖެ އަލުން ހުޅުވާލާއިރު 10 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޖާގައަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން ސްރީލަންކަން އެއާލައިންސްއިން ބޯޑަރު ހުޅުވާ ދުވަހު ރާއްޖެއަށް ދަތުރުފެށުމުަށް ވަނީ ތައްޔާރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް