މާވަރުލު އެއްކޮޅު ޓިކެޓުގެ އަގަކީ 827 ރުފިޔާ!

ގދ. މާރުލު އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. މޯލްޑީވިއަން އިން ބުނީ ޖުލައި މަހުން ފެށިގެން އެ އެއާލައިންގެ ދަތުރުތައް މާވަރުލު އެއާޕޯޓަށް ފަށާނެ ކަމަށެވެ. ދަތުރުތައް ފުރ...

30 Jun 2020 | 01:35

ގދ. މާރުލު އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑީވިއަން އިން ބުނީ ޖުލައި މަހުން ފެށިގެން އެ އެއާލައިންގެ ދަތުރުތައް މާވަރުލު އެއާޕޯޓަށް ފަށާނެ ކަމަށެވެ. ދަތުރުތައް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހު އެވެ. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.

މޯލްޑިވިއަންއިން މާރުލު އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރުގެ އަގަކީ 827 ރުުފިޔާ އެވެ.

މާވަރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެއްސުމަށް ފަހު ފަސް ކުރަން ޖެހުނީ ކޯޥީޑް-19 އާއި ގުޅިގެންނެވެ.

މި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ކުރީ އެމްޓީސީސީންނެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެވެ.

މާވަރުލު އެއާޕޯޓާއި އެކު ރާއްޖޭގައި 15 އެއާޕޯޓެއް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް