ތ. ގުރައިދޫގައި ރަހުމް ކުޑަގޮތަކަށް ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ21 ވަނަ ދުވަހުގެ ރޭ12:45 ހާއިރު އެވެ. ފުލުހުން ބުނީ އޭނާ މަރާލިކަމުގެ ތުހުމަތު ކުރެވެނީ22 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
އެމީހާ އަކީ އެރޭ މެންދަމު3:00 ހާއިރު އެ ރަށު ބިދޭސީން ދިރިއުޅޭ ސައިޓެއްގައި ޒަހަމް ތަކަކާއި އެކު އޮއްވަ ފެނުނު މީހާއެވެ. އެމީހާއަސް ގުރައިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ތ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ވޭމަންޑޫއަށް ގެންގޮސްފައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކާއި ބެހޭ ގޮތުން ފުލުހުން ބުނީ އެ މީހާ މަރާލާފައިވަނީ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން ހޯދަން ޖެހި ފޮރެންސިކް ހެކި ހޯދައި ތަހްގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އެމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހާ އެ ރެއިން ފެށިގެން ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
އެ ދެމީހުންނަކީ އެ ރަށުގައި މަސް ކެއްކުމުގެ މަސައްކަތް ކުރަމުންދިޔަ ދެމީހުން ކަމަށްވެ އެވެ. އެކަމަކު ދެމީހުން މަސައްކަތް ކުރަނީ އެކެއްގެ ކައިރީގައި އެއް ނޫނެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް