ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެއްޓިފައި އޮއްވާ ފޯނު ވަގަށް ނަގައިގެން ވިއްކާލަން އުޅެފި

ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެއްޓިފައި އޮއްވާ އޭނާގެ ފޯނު ވަގަށް ނަގައި އެ ފޯނު ވިއްކާލަން އުޅެފިއެވެ. މި މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހު...

30 May 2020 | 12:11

ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެއްޓިފައި އޮއްވާ އޭނާގެ ފޯނު ވަގަށް ނަގައި އެ ފޯނު ވިއްކާލަން އުޅެފިއެވެ.

މި މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ ތ. ތިމަރަފުށީގައި ހާއްސަ އެހިއަށް ބޭނުންވާ މީހެއް މަގުމައްޗަށް ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ވަގަށްނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

"ފުލުހުން ކުރި މަސައްކަތުން، އެ ފޮޏު ވިއްކަން އުޅެނިކޮށް ހޯދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ އަދި މި މައްސަލައާއި ގުޅިގެން 30 އަހަރާއި އަދި 20 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ ފޯނު، ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާއިރު މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް