ކޯވިޑް-19: މިއަދު 42 ޕޮޒިޓިވް، އޭގެން 41 މީހުންނަކީ ބިދޭސީން

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 42 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 42 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝ...

30 May 2020 | 11:20

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 42 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 42 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 28 މީހަކާއި އިންޑިއާއަށް ނިސްބަތްވާ 13 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 1633 އަށް އަރާފައެވެ.

https://twitter.com/HPA_MV/status/1266673977172332547

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ދިވެއްސަކު ހިމެނޭއިރު އަނެއް 41 މީހުންނަކީ ބިދޭސީންނެވެ. މިއީ ޕޮޒިޓިވްވި އަދަދުން ދިވެހިންނާއި ބިދޭސީންގެ ރޭޝިޔޯ އެންމެ ތަފާތުކޮށް ދެއްކި އެއް ދުވަހެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ކޯވިޑް-19 އާއި ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކޮންމެވެސް ވަރަކަށް އަންނަނީ ކުރަމުންނެވެ.

އެގޮތުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ ތިންސަތޭކައެއްހާ ބިދޭސީން ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެން ފޮނުވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް