އުމުރުން ދުވަސްވީ މީހާ ރޭޕް ކުރަން އުުޅުނު މީހާ އެ ދުވަހު ތިން މީހަކު ރޭޕް ކުރަން އުޅުނު

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ މީހަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ހަމަ އެ ދުވަހު އުމުރުން ދުވަސްވީ އިތުރު ދެ މީހަކު ރޭޕް ކުރަން އުޅުނު ކަމަށް ފުލުހުން ބުނެފި އެވެ. އުމުރުނ...

30 May 2020 | 05:17

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ މީހަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ހަމަ އެ ދުވަހު އުމުރުން ދުވަސްވީ އިތުރު ދެ މީހަކު ރޭޕް ކުރަން އުޅުނު ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 64 އަހަރު އަހަރުގެ އެ މީހާ ރޭޕް ކުރަން އުޅުނު ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރު ކުރީ ހަމަ އެ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ދުވަހު އެމީހާ އުމުރުން ދުވަސްވީ ތިން މީހަކު ރޭޕް ކުރަން މަސައްކަތް ކުރި ކަމަށެވެ.

64 އަހަރުގެ މީހާގެ އިތުރުން 65 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އަންހެނަކު ރޭޕް ކުރަން އެމީހާ މަސައްކަތް ކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް