ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު އިއްޔެ ޕޮޒިޓިވްވި އަދަދު 78 އަށް އަރައިފިއެވެ.
އެގޮތުން ރޭ 09:30 ހާއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ރޭގެ 09:00 އާއި ހަމައަށް 34 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މެންދަމު 3:30 ހާއިރު ބުނެފައިވަނީ ރޭގެ މެންދަމު 3:30 އާއި ހަމައަށް އިތުރު 44 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއެކު އިއްޔެ ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 78 އަށް އަރާފައެވެ.
އިއްޔެ ޕޮޒިޓިވްވި 78 މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 50 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ތިން މީހެކެވެ.
އިއްޔެ ޕޮޒިޓިވްވި އަދަދު 78 އަށް އަރާފައިވާއިރު އޭގެ ކުރީ ދުވަހު ޕޮޒިޓިވް ވެފައިވަނީ 56 މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް