ލޮކްޑައުންގައި ވަޒީފާއަށް ދެވޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް

މާލޭގެ ލޮކްޑައުންއަށް ލުއި ދޭން ނިންމައި އޮފީސްތައް ހުޅުވާލުމުން ވަޒީފާއަށް ނުކުމެވޭނީ ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. ރެޖިސްޓްރާ...

29 May 2020 | 21:40

މާލޭގެ ލޮކްޑައުންއަށް ލުއި ދޭން ނިންމައި އޮފީސްތައް ހުޅުވާލުމުން ވަޒީފާއަށް ނުކުމެވޭނީ ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޮކްޑައުންގައި ވަޒީފާއަށް ނުކުންނަށް މީހުންނަށް ހާއްސަކޮށްގެން ވަކި އުސޫލެއް އެ މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ އުސޫލު މިހާރު އާންމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މިނިސްޓްރީން އާންމު ކުރި އުސޫލުގައި ވާގޮތުން ލޮކްޑައުންއަށް ލުއި ދިނުމުން ވަޒީފާއަށް މުވައްޒަފުން ނެރެވޭނީ ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެފައިވާ މުވައްޒަފުންނަށެވެ. މުވައްޒަފަކު ރަޖިސްޓްރީވެފައި ނުވާ ކުންފުނިތަކަށް ވިޔަފާރި ހިންގުމުގެ ހުއްދަ ދެވޭނީ އެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަށެވެ.

ވަޒީފާއަށް ބެރޭ ބިދޭސީ މުވައްޒަފުންނަކީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީ ކޮށްފައިވާ ބަޔަކަށް ވާންޖެހެ އެވެ. ހުއްދަ ދޭނީ ރަޖިސްޓަރީ ވެފައިވާ ބިދޭސީންނަށް އެކަނި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުވައްޒަފުންނަށް ހުއްދަ ދޫކުރާނީ ވަކި އަދަދެއް ކަނޑައަޅައިގެން ނެވެ. އެގޮތުން، މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މަދު ނަމަ ހުއްދަ ދޭނީ ދެ މީހަކަށް ކަމަށާއި 10 އާއި 30 އާ ދެމެދު ނަމަ ހުއްދަ ދޭން ނިންމާފައިވަނީ ފަސް މުވައްޒަފުންނަށެވެ. މުވައްޒަފުންގެ އަދަދު 30 އަށް ވުރެ ގިނަ ނަމަ، އޮފީހަށް ނުކުންނަށް ހުއްދަ ދޫކުރާނީ 20 ޕަސެންޓު މީހުންނަށެވެ.

ވިސާމް ވިދާޅުވީ ޕެންޝަން އޮފީހުގައި އާއި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރި ނުކުރާ މުވައްޒަފުން ވަޒީފާއަށް ނެރުމުގެ ހުއްދައަށް އެދެންވާނީ ރަޖިސްޓްރީ ކުރުމަށް ފަހު އެވެ. މި އުސޫލުގެ ދަށުން ވަޒީފާއަށް ނެރޭ މުވައްޒަފުންގެ ޖުމްލަ އަދަދުގެ ގޮތުގައި ހިމަނާނީ ވެސް ރަޖިސްޓަރީ ކޮށްފައިވާ މުވައްޒަފުން އެކަނި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ވިޔަފާރިތަކަކީ ފުޅާ ދާއިރާއެއްގައި ކުރާ ވިޔާފާރިތަކަށްވެފައި ގިނަ އޮފީސްތަކެއް ހިންގާތީ، މުވައްޒަފުންގެ އަދަދު މަދުވާ ނަމަ މިނިސްޓްރީގައި އެދުމުން ހާލަތަށް ބަލައި ހުއްދައިގެ އަދަދު އިތުރުކޮށްދޭނެ ކަމަށެވެ.

މި އުސޫލުގެ ދަށުން ހުއްދަ ދޭން ނިންމާފައިވަނީ ވިޔަފާރި ކުރާ ކުންފުނިތަކުގެ ތެރެއިން ކަސްޓަމަރުންނަށް ހުޅުވާ ނުލާ އޮފީސްތައް ހިންގާ ކުންފުނިތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް