އޮލޯކީ -
މާލެ ކަހަލަ ތޮއްޖެހިފައިވާ ސިޓީއެއްގައި ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ، ރައްކާތެރި މާޙައުލެއްގައި ކުޅެލާނެ ތަނެއް ހޯދުމަކީ ބެލެނިވެރިންނަށް ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ޙައްލެއް ގެނެސްދީ، ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ތަނެއް މާފަންނުގައި މިހާރު ވަނީ ހުޅުވާލާފައެވެ — "އޮލޯކީ" އެވެ.
ކޮންމެ ކުއްޖަކަށް ވެސް ފޯރުކޮށްދެނީ އުފާވެރި ތަޖުރިބާއެއް
ޝަހީދު ޢަލީ ހިނގުމުގައި ހުންނަ އައިލް ހެވަން ބިލްޑިންގުގައި ހިންގާ އޮލޯކީ އަކީ ކުޑަކުދިންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އިންޑޯ ޕްލޭހައުސެކެވެ. "ވެއާ ފަން ބިގިންސް" - މަޖާ ފެށޭ ތަން - މި ޝިޢާރާ އެކު އޮލޯކީ އިން އަމާޒު ހިފާފައިވަނީ ރައްކާތެރި، ސާފުތާހިރު އަދި ޝައުގުވެރި މާޙައުލެއްގައި ކުޑަކުދިންނަށް ކުޅެ، ހީ، އުފާވެރި ހަނދާންތައް އުފެއްދޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކޮންމެ މުނާސަބަތަކަށް ވެސް އެންމެ ރަނގަޅު ތަން
އޮލޯކީ އިން ތަފާތު ޚިދުމަތްތައް ފޯރުކޮށްދެއެވެ. ގަޑިއިރު ޖެހޭ ގޮތަށް ކުދިން ގޮވައިގެން ގޮސް ކުޅެލެވޭ "އަވާލީ ޕްލޭ" ސެޝަންތަކުން ފެށިގެން، ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީ އާއި އެކި ކަހަލަ ސެލެބްރޭޝަންތައް ވެސް އޮލޯކީގައި ބޭއްވެއެވެ. މީގެ އިތުރުން ރައްޓެހިންނާއި ޢާއިލާ އެކުގައި ވަކި ގްރޫޕެއްގެ ގޮތުގައި ޕްރައިވެޓްކޮށް ބުކް ކުރެވޭ ޚާއްޞަ ސެޝަންތައް ވެސް ލިބެއެވެ.

ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް
އޮލޯކީ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ދޭ ޚާއްޞަ ސަމާލުކަމެވެ. ކުޅެން ބޭނުންކުރާ ހުރިހާ ސާމާނެއް ގަވާއިދުން ސެނިޓައިޒް ކުރެއެވެ. ކުޑަކުދިންގެ ކްރިއޭޓިވިޓީ އާއި ވިސްނުން ތަރައްޤީ ކުރުމަށް ބާރު އެޅޭ ގޮތަށް ހަރަކާތްތައް ފަރުމާކޮށްފައިވާ އިރު، އެކުވެރި ސްޓާފުން ތިބެނީ ކުދިންގެ ރައްކާތެރިކަމާއި މަޖާ ޔަޤީންކޮށްދިނުމަށް ތައްޔާރަށެވެ.

ބުކް ކުރުން ފަސޭހަ
އޮލޯކީގެ ޚިދުމަތް ބުކް ކުރެއްވުމަށް oloki.mv އަށް ޒިޔާރަތް ކުރައްވާށެވެ. އޮންލައިންކޮށް ފަސޭހައިން ބުކް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އިރު، ބޭނުންވާ ވަގުތު ސްލޮޓް ހިޔާރުކޮށް، ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ ފަސޭހައިން ކެންސަލް ވެސް ކޮށްލެވެއެވެ. ގުޅުއްވުމަށް 7816688 އަށް ގުޅުއްވާށެވެ.
އޮލޯކީ ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން ރޭގަނޑު 9:00 އަށް، ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން ރޭގަނޑު 9:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް