ކޮވިޑަށް ރާއްޖެއިން މިއަދު 465 މީހުން ޕޮޒިޓިވް ވެއްޖެއެވެ. މިއީ އަނެއްކާވެސް ރެކޯޑު އަދަދެކެވެ.
ރޭގެ އަދަދު 318ގައި ހުރެފައި މިރޭ މިވަނީ އަދަދު އެ އަދަދަށްވުރެ 100 އަށްވުރެ ގިނަވެފައެވެ.
މީގެ ދެ ރޭ ކުރިން ރެކޯޑް އަދަދަކަށް ޕޮޒިޓިވް ވި އިރު އަދަދަކީ 464 އެވެ. މިރޭ 465 އެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 465 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 193 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވް ވި 242ގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވް ވި 25 އަދި ލިވަބޯޑްތަކުން ޕޮޒިޓިވް ވި ފަސް މީހެކެވެ.
މިއާއެކު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 4978 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިވަނީ 146 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް