ނުރައްކާތެރި ސްޕީޑެއްގައި ކޮވިޑު ފެތުރެމުން އަންނަ އިންޑިއާގެ ބޮޑެތި ބައެއް ސްޓޭޓްތްކުން ވެކްސިން ހުސްވެ ތިން ދުވަހަށް ވެކްސިން ޑްރައިވް މެދުކަނޑާލައިފިއެވެ.
އެގޮތުން މެދުކަނޑާލި ބައެއް ސަރަހައްދުތަކުގެ ތެރޭގައި މުމްބާއި، ދިއްލީ، ކަރްނާޓަކާ އަދި ބެންގަލޫރު ހިމެނެއެވެ.
މީޑިއާތަކުގައި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކޭޖްރިވާލާ ހަވާލާދީ ބުނެފައިވަނީ މާދަމާ ވެކްސިން ކިއުތަކަށް ނުދިއުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރާކަމަށާއި އަދި އެ ސަރަހައްދަށް އިތުރު ވެކްސިން ލިބިފައިނުވާކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ސަރަހައްދުތަކުގައި ވެކްސިން ޖެހުން ތިން ދުވަހަށް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވެކްސިން ހުސްވެފައިވާއިރު އެ ގައުމުގައި ކޮވިޑު ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
އެގޮތުން އިއްޔެގެ އަދަދުތަކަށް އެކަނި ބަލާލި ނަމަވެސް ފެންނަނީ ބިރުވެރި މަންޒަރެކެވެ. އިއްޔެ އެކަނި އިންޑިއަގައި ގާތްގަނޑަކަށް ހަތަރު ލައްކަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. 3500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް