އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލްކަން ކޮށްފައިވާ ސޯލީ ސޯރަބްޖީ ކޯވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
ސޯލީ މަރުވެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. މަރުވި އިރު އޭނާގެ އުމުރަކީ91 އަހަރެވެ.
ސޯލީ ވަނީ އިންޑިއާގެ އެޓާނީ ޖެނެރަލްކަން ދެ ފަހަރެއްގެ މަތިން ކޮށްފައެވެ.
އެންމެ ފުރަތަމަ އޭނާ އެ މަޤާމް ފުރާފައިވަނީ 1989ން 1990 އަށެވެ. އެއަށްފަހު 1998ން 2004ށް ވެސް އޭނާ ވަނީ އެޓާނީ ޖެނެރަލްކަން ކޮށްފައެވެ.
ސޯލީ އޭނާގެ މަސައްކަތް ފައްޓަވާފައިވަނީ 1953ގައި ބޮމްބޭ ހައިކޯޓްގައެވެ. 1971 ވަނަ އަހަރު އޭނާއަށް ވަނީ ސީނިއާ އެޑްވޮކޭޓްގެ މަޤާމް ލިބިފައެވެ. 2002 ވަނަ އަހަރުގެ އޭނާގެ ޚިދުމަތްތައް ފާހަގަކޮށް އޭނާއަށް ވަނީ ޕަދްމާ ވިބޫޝަން އެވޯޑް ލިބިފައެވެ. އެއީ ދެވަަނައަށް އިންޑިއާގައި ދެވޭ އެންމެ ޤަދަރުވެރި އެވޯޑެވެ.
ސޯލީ ސޯރަބްޖީ މަރުވިއިރު އޭނާގެ އަތްބަކާއި ތިން ދަރިން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް