ދިވެހިން ހޭލާ! ސޯޝަލް މީޑިއާގަ ހުންނަ ފޭކު އެކައުންޓްތަކަށް ނުހެއްލޭ!

ދިވެހިން މިހާރަށްވުރެ ބޮޑަށް މިކަމަށް ސަމާލުކަން ދޭން އެބަ ޖެހެއެވެ. މަކަރާއި ހީލަތުން، އޮޅުވާލައިގެން ފޭކް އެކައުންޓްތައް ހަދައި ހަދިޔާ ބެހުމާއި، މިހާރު ވަރަށް އާއްމު ކަމަކަށް ވެއްޖެއެވެ. ރާއްޖޭގެ މަ...

30 Apr 2021 | 09:03

ދިވެހިން މިހާރަށްވުރެ ބޮޑަށް މިކަމަށް ސަމާލުކަން ދޭން އެބަ ޖެހެއެވެ.

މަކަރާއި ހީލަތުން، އޮޅުވާލައިގެން ފޭކް އެކައުންޓްތައް ހަދައި ހަދިޔާ ބެހުމާއި، މިހާރު ވަރަށް އާއްމު ކަމަކަށް ވެއްޖެއެވެ.

ރާއްޖޭގެ މަޝްހޫރު އެތައް މީހެއްގެ ނަމުގައި ސޯަލް މީޑިފޭކް އެކައުންޓްތައް ހަދައި ގިވްއަވޭ ދިނުމާ ގުޅޭގޮތުން މީގެ ކުރިން 'ދުވަސް' އިން ވާނީ އެކި ފަހަރުމަތިން ހަބަރު ގެނެސްދީފައެވެ. ނަމަވެސް ފާހަގަވި ކަމަކީ، އޭގެ ފަހުން ވެސް ފޭކް ޕޭޖްތައް ހަދައި ގިވްއަވޭ ދިނުމަށް ހުޅުވާލުމުން ގިނަ އަދައެއްގެ މީހުން އެއަށް ކޮމެންޓްކޮށް ޝެއަރ ކުރާ ތަނެވެ.

ފޭސްބުން ފޭކް އެކައުންޓް ހެދުމަށް ބޮޅެއް އިތުރުކޮށް، މިހާރު މިފެންނަނީ އިންސްޓަގްރާމްގައި ފޭކް އެކައުންޓްތައް ހަދައި ގިވްއަވޭ ދޭތަނެވެ.

އެގޮތުން މަޝްހޫރު މޭކަޕް އާޓިސްޓް 'ބަލްޤިސް' ގެ ނަމުގައި ހަދާފައިވާ ފޭކް ޕޭޖެއްގެ ސްކްރީންޝޮޓް، އޭނާގެ ރަސްމީ ޕޭޖަށް ލުމަށްފަހު އޭނާ ވަނީ މީހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. މި ފޭކް އެކައުންޓްގައި 1،226 ފޮލޯވަރުން ތިބިއިރު، އޭނާގެ ރަސްމީ ޕޭޖްގައި 63 ހާހަށްވުރެ ގިނަ ފޮލޯވަރުން އެބަ ތިއްބެވެ.

މަޝްހޫރު އެތްލީޓް ސާއިދުގެ ނަމުގައި ވެސް އިންސްޓަގްރާމްގައި ފޭކް އެކައުންޓެއް ދައުރުވިއެވެ. ސާއިދު ގިވްއަވޭ އެއް ހުޅުވާާލުމާއެކު އޭނާގެ ނަމުގައި ފޭކް އެކައުންޓެއް ހަދައި، ހަމަ އެ ގިވްއަވޭ ދިނުމަށް ލިޔެފައިވެއެވެ. ސާއިދުގެ އަސްލު އިންސްޓަގްރާމް އެކައުންޓްގައި 14 ހާހަށްވުރެ ގިނަ ޕޮލޯވަރުން އެބަ ތިއްބެވެ. ނަމަވެސް މިހާރު އެ ގިވްއަވޭ ވަނީ ނިމިފައެވެ.

މީގެ އިތުރުން 'ހަޔަހް އެމްވީ' ގެ ނަމުގައި އަންނައުނުގެ އެކި ސާމާނު ވިއްކާ އިންސްޓަގްރާމް ޕޭޖަކުން ވެސް ވަނީ، އެމީހުންގެ ފޭކް އެކައުންޓެއް ދައުރުވާތީ، އެކަން މީހުންގެ ސަމާލުކަމަށް ގެެނެސްފައެވެ.

މިގޮތަށް ފޭކް އެކައުންޓައް ދައުރުވަމުން ދާއިރު، އެއީ ފޭކް ޕޭޖެއްކަން އެނގުމުން އަވަހަށް ރިޕޯޓް ކުރައްވާށެވެ. އަދި އެހެން މީހުންގެ ސަމާލުކަމަށް އެކަން ގެންނަވާށެވެ. ފަރުދީ ޒިންމާ އަދާކުރުން ހިމެނޭނީ އޭރުންނެވެ.

އެހެންކަމުން ޕޭޖަކަށް ލައިކް ދިނުމުގެ ކުރިން އެއީ އެމީހާގެ އަސްލު ޕޭޖް ތޯ ބަލައިލާށެވެ. އަދި ގިވްއަވޭއެއްގައި ބައިވެރި ބުމުގެ ކުރިން، އެއީ ފޭކް ޕޭޖަކުން ކުރާ ކަމެއް ނޫންކަން ޔަގީންކޮށްލާށެވެ. ފޭކް އެކައުންޓްތައް ހަދާއިރު ގިނަފަހަރު ބޭނުންކޮށްފައި ހުންނަނީ އެމީހެއްގެ އަސްލު ޕޭޖްގައި ބޭނުންކޮށްފައިވާ ނަމާއި، ހަމަ އެ ފޮޓޯއެވެ. ނަމަވެސް ޖޭކަމަށް ވަދެ ބަލާލުމުން އެއީ ކޮންކަހަލަ ޕޭޖެއްކަން ޔަގީން ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް