ގެއަށް ބަދަލު ކުރުމާއި އެކު ޔާމީން ސޯޝަލް މީޑިއާ ބޭނުން ކުރަން ފައްޓަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރުމާއި އެކު ސޯޝަލް މީޑިއާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ. އެމަނިކުފާނު މާފުށި ޖަލު ބަންދުގައި ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު...

30 Apr 2021 | 07:18

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރުމާއި އެކު ސޯޝަލް މީޑިއާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

އެމަނިކުފާނު މާފުށި ޖަލު ބަންދުގައި ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށެވެ. އެމަނިކުފަށް ކްރިމިނަލް ކޯޓުން އެ ހުކުމް ކުރީ 28 ނޮވެމްބަރު 2019 ގައި އެވެ.

ވޭތުވެ ދިޔަ އަހަރާއި ފަސް މަހު ޖަލު ބަންދުގައި ހުންނެވި ޔާމީން ގޭ ބަންދަށް ކަރެކްޝަންސް އިން ބަދަލު ކުރީ ރޭގެ ވަގުތެއްގައި އެވެ. އަދި އެމަނިކުފާނު ކުރިން ގެންގުޅުއްވި ނަމްބަރުން ވައިބާ އެކައުންޓު އެކްޓިވޭޓްކޮށްފައިވަނީ މިއަދު އެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމާއި އެކު ބޭނުން ކުރަން ފައްޓަވާފައިވާ ސޯޝަލް މީޑިއާ ނެޓްވޯކް ވައިބާ އެވެ. ޔަމީން ވައިބާ ބޭނުން ކުރައްވަން ފައްޓަވާފައިވާއިރު ގޭބަންދުގައި ތިބޭ ސިޔާސީ ބޭފުޅުން މީގެ ކުރިން ސޯޝަލް މީޑިއާ އަދި ވައިބާ ބޭނުން ކުރައްވާފައިވަނީ ވަރަށް މަދުންނެވެ.

ޔާމީން ގެއަށް ބަދަލު ކޮށްފައިވަނީ މާފުށި ޖަލުގައި ކޯވިޑް ފެތުރި ގިނަ އޮފިސަރުންތަކެއް ކޯވިޑަށް ޕޮސިޓިވްވަމުންދަތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ކަރެކްޝަންސް އިން ބުނީ ޔާމީންގެ އިތުރުން ހައިރިސްކު ނުވަތަ ކޯވިޑް ޖެހިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ހުރިހާ ގައިދީން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް