ރޯދަމަހެއްގައި ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ޖަލުން ގެއަށް ބަދަލުކޮށްދޭން އެދެމުންދިޔަ ހަނދާން އާވޭ: ޔުމްނާ މައުމޫން

ރޯދަމަހެއްގައި ރައީސް މައުމޫން އަބްދުލްގައްޔޫމް، އާލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އެދެމުންދިޔަ ހަނދާން މިއަދު އާވާކަމުގައި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖ...

30 Apr 2021 | 07:09

ރޯދަމަހެއްގައި ރައީސް މައުމޫން އަބްދުލްގައްޔޫމް، އާލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އެދެމުންދިޔަ ހަނދާން މިއަދު އާވާކަމުގައި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށްފަހު ކަރެކްޝަންސުން ކޮށްފައިވާ ޓްވީޓަށް ކުރައްވާފައިވާ ރިޕްލައިއެއްގައެވެ.

ހެރިޓޭޖް މިނިސްޓަރުކަން ކުރައްވަމުން އަންނަ ޔުމްނާގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޖަލު ބަންދުގައި ހުންނަވަނިކޮށް ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާއިލާގެ ފަރާތުން އެތައް ފަހަރެއްގެ މަތީން އެދެމުންދިޔަ ހަނދާންތައް އާވާ ކަމަށެވެ.

ރައީސް ޔާމީން މަހެއްހާ ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލައި އެތައް ދުވަހަކު ޖަލުގައި ބެހެއްޓިއެވެ.

މައުމޫން، ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަން މިކުރީ، 30 ސެޕްޓެމްބަރު 2018ގައެވެ. ޖަލަށް ލީ އެއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގައެވެ.  އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް