އިންޑިއާގައި އިއްޔެ ކޮވިޑް ޕޮޒިޓިވް އަދަދު ހަތަރު ލައްކައާ ގާތަށް، މަރުވި އަދަދު 3500 އިން މައްޗަށް

އިއްޔެ އިންޑިއާގައި ކޮވިޑަށް 386،888 މީހަކު ޕޮޒިޓިވް ވެ ކޮވިޑުގައި އިއްޔެ 3،501 މީހަކު މަރުވެއްޖެއެވެ. މިއީ ޕޮޒިޓިވް ކޭސްތަކަށް ބެލި ނަމަވެސް އަދި މަރުވި އަދަދަށް ބެލި ނަމަވެސް އިންޑިއާގައި ރެކޯޑް އަދ...

30 Apr 2021 | 06:22

އިއްޔެ އިންޑިއާގައި ކޮވިޑަށް 386،888 މީހަކު ޕޮޒިޓިވް ވެ ކޮވިޑުގައި އިއްޔެ 3،501 މީހަކު މަރުވެއްޖެއެވެ.

މިއީ ޕޮޒިޓިވް ކޭސްތަކަށް ބެލި ނަމަވެސް އަދި މަރުވި އަދަދަށް ބެލި ނަމަވެސް އިންޑިއާގައި ރެކޯޑް އަދަދެކެވެ.

ޕޮޒިޓިވް ވި އަދަދު ހަތަރު ލައްކައާ ގާތްކޮށްފައިވާއިރު މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަމަ ކޮންމެ ދުވަހަކު ކޭސްތަކުގެ އަދަދާއި މަރުވާ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އިންޑިއާގައި ކޮވިޑު ނުރައްކާ މިހާ ބޮޑުވެފައިވާއިރު މަރުވާ އަދަދާއި ޕޮޒިޓިވް ވާ އަދަދު މިހާ މަތިވެފައިވަނީ ކޮވިޑުގެ އިންޑިއާ ވޭރިއަންޓެއް އުފެދިފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއާ އޮކްސިޖަނަށް ޖެހިފައިވުމާއި ހޮސްޕިޓަލްތައް ފުލްވެފައިވުމުން ސިއްހީ ނިޒާމު ބޮއްސުންލާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގައި ކޮވިޑުގެ ހާލަތު މިހާ ގޯސްވެގެންދިޔައީ ސިޔާސީ އަދި ދީނީ އެއްވުންތަކަށް އިންޑިއާ މާ ބޮޑަށް ހުޅުވާލުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް