މިހާރު ކުރިޔަށްދާ އޭލެވެލް އިމްތިހާބުގެ އެއްވެސް ޓެސްޓު ޕޭޕަރެއް ލީކުވެފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިހާރު ކުރިއަށްދާ އޭއެސް/އޭލެވެލް އިމްތިހާނުތަކުގެ ބައެއް މާއްދާ ތަކުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އިއްޔެ އަޑު ފެތުރުނެވެ. އަދި ބައެއް ނޫސްތަކުގައިވެސް އެގޮތަށް ރިޕޯޓުކޮށްފަ ވެއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބަލަހައްޓަމުންދާ ކަމަށެވެ. ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ އޭލެވެލްގެ ސުވާލުކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައިނުވާ ކަމަށެވެ.
އެކަމަކު އޭލެވެލް އިމްތިހާނު ކަރުދާހެއް އެހެން ގައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ހަބަރު ލިބިފައިވާ ކަމަށް ބުންޏެވެ. މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމަށްވެސް ބުނެފައިވެ އެވެ.
އަޑުފެތުރު ގޮތުގައި ލީކުވެފައިވަނީ އައިއޭއެލް ފިޒިކްސް ޕޭޕަރު 1 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް