އެމްޓީސީސީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއާއި ހިއްސާގެ ފައިދާ މިދިޔަ އަހަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ އިއްޔެ މިވަނީ އެ ންފުނީގެ ވެބަސައިޓްގައި އާންމުކޮށްފައެވެ. ކުންފުނީގެ2020  ވަނަ އަހަރުގެ މާލީ ނަތ...

30 Apr 2021 | 04:50

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ އިއްޔެ މިވަނީ އެ ންފުނީގެ ވެބަސައިޓްގައި އާންމުކޮށްފައެވެ.

ކުންފުނީގެ2020  ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު %253 އިތުރު އަދަދެކެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، 2020 ވަނަ އަހަރު ޖުމުލަ 1.37 ބިލިއަން ރުފިޔާގެ (2019 ވަނަ އަހަރުގެ: 1.15 ބިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 224.71 މިލިއަން ރުފިޔާ، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި (2019 ވަނަ އަހަރުގެ: 63.65 މިލިއަން ރުފިޔާ) ރިކޯޑްކުރެވިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ އެކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރެވުނު މާލީ އަހަރުކަން ފަހުރުވެރިކަމާއެކު ފާހަގަކުރާކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

އަދި 2020 ވަނަ އަހަރު މާލީ ނަތީޖާއާއިއެކު ޙިއްޞާއަކަށް 3.00 ރުފިޔާ (ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 24.11 މިލިއަން ރުފިޔާ) ބަހަންވެސް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީވެސް ކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚްގައި ޙިއްޞާދާރުންނަށް ޙިއްޞާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދެވެ.

2020 ވަނައަހަރު އެމްޓީސީސީއިން ޙާޞިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން 2020 ވަނަ އަހަރު ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔަބުކަމާއިއެކު ހިންގިފައެވެ.

އެގޮތުން 36 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއިން ވަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އެކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް 2020 ވަނަ އަހަރުގެ ތެރޭގައި ހިންގާފައި ވެއެވެ. އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް މާލެ ސަރަހައްދުގައި އަދި އަތޮޅުތެރޭގެ ޒޯން 5،4،3،2،1 އަދި 6 ގައި ކުރިއަށްގެންދެވި، 16 އަތޮޅެއް ގުޅުވައިދީފައި ވެއެވެ.

އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދެވިފައި ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީގެ ވިޔަފާރި ފުޅާކޮށް ހިންގުން ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް ކުންފުނިން އެކުލަވާލާ، މާކެޓްގެ ހާލަތު ބަދަދަލުވަމުންދާ ގޮތަށް ރިއާޔަތްކޮށް މުރާޖައާކުރަމުން ދެއެވެ. އަދި އެމްޓީސީސީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކުންފުނިން  ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތައް ބަލާ ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ޙާޞިލްކުރެވިފައިވާކަމުގެ އުފާވެރި ޚަބަރު އެމްޓީސީސީއިން ވަނީ ޙިއްޞާދާރުންނަށް އަރުވާފައެވެ.

އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެމްޓީސީސީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގައި އެ ކުންފުނިން ބުނެއެވެ. އަދި އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ޙިއްޞާދާރުންނާއި މުޖުތަމަޢުއަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދޭކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް