ތަފާތު ހުނަރު ލިބިފައިވާ ހުނަރުވެރިން، އަދި ތަފާތު ފަންނުގެ ފަންނުވެރިން އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ. ދައްކަން މިއުޅެނީ ހަމަ ގައިމުވެސް، އޭގެ ތެރޭން އެކަކަށް ވާނެ މީހެއްގެ ވާހަކައެވެ.
ތަފާތު ހުނަރުލިބިފައިވާ ހުނަރުވެރިން، އަދި ތަފާތު ފަންނުގެ ފަންނުވެރިން އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ. ދައްކަން މިއުޅެނީ ހަމަ ގައިމުވެސް، އޭގެ ތެރޭން އެކަކަށް ވާނެ މީހެއްގެ ވާހަކައެވެ. އާނއެކެވެ. ގިނަ ބަޔަކު ދަންނަ ނައިފަރު ޖިމޯގެ ވާހަކައެވެ.
ޅ. ނައިފަރަށް އުފަން ވިޝާމް އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައި ވަނީ ޖިމޯގެ ނަމުންނެވެ. އުމުރުން 35 އަހަރުގެ ޖިމޯއަކީ އޭނާގެ ހެއްވާމަޖާ ވީޑިއޯތަކުން މީހުން މުނިފޫހިފިލުވައި ދޭ އެކުވެރިއެކެވެ. ހިތް ހެޔޮ، ސަކަ މިޒާޖެއްގެ ޖިމޯއަކީ މީހުންނާ ވަރަށް ގުޅޭ، މީހެއްގެ ގޮތުގައި ނައިފަރުގެ ގިނަ ބަޔަކު ދެކެއެވެ.
ހަޔާތުގެ އެންމެ ބޮޑު އަޑިގުޑަން - ނާކާމިޔާބު އަލަތު ކައިވެނި!
މުޅިން އަލަށް ޒަވާޖީ ހަޔާތެއް ފަށާނީ ކޮންމެ މީހަކު ވެސް ވަރަށް ގިނަ އުންމީދުތަކާއެކުއެވެ. ޖިމޯ ވެސް އޭނާގެ އަލަތު ލޯބިވެރިޔާއާއެކު ކައިވެނީގެ ގޮށް ޖަހާލީ އެ އުންމީދުތަކާއެކުއެވެ. ނަމަވެސް، އެ ކައިވެނި މާ ކާމިޔާބެއް ނޫނެވެ. އެކައިވެންޏަށް އަންހެން ދަރިއަކު ލިބުނު ނަމަވެސް، ކައިވެނި ދެމެހެއްޓޭނެ ގޮތެއް ނުވީއެވެ. ޝައްކާއި ވަހުމުގެ ތެރޭން އެ ކައިވެނި ރޫޅިގެން ދިޔައީއެވެ. އޭނާގެ ހަޔާތުގެ އެންމެ ބޮޑު އަޑިގުޑަނަކީ މިއެވެ. ނަމަވެސް، މިހާރު އޭނާ ހުރީ ދެ ވަނަ ކައިވެންޏަކަށް ތައްޔާރު ވެގެންނެވެ. ވަރަށް އަވަހަށް ތ. މަޑިފުށީ، މީނާޒާއާއެކު ދެވަނަ ކައިވެންޏަކަށް ގޮށް ޖަހާލެވިގެންދާނެއެވެ.
އެންމެ ފުރަތަމަ ފެށުނީ އޯޑިއޯ އިން!
އެއީ ޖިމޯގެ އުމުރުން 19 އަހަރުގައެވެ. އޭރު ޖިމޯ ހެދީ ވީޑިއޯއެއް ނޫނެވެ. އޭނާގެ އަޑު ރެކޯޑުކޮށްގެން މަޖާ އޯޑިޢޯތަކެވެ. މި ގޮތުން ރައްޓެހި ސޮރަކު ކޮމްޕިއުޓަރ ސޮފްޓްވެއާރއެއް ބޭނުންކޮށްގެން ރެކޯޑްކުރި ޖިމޯގެ ނާދިޔާގެ ބުޅާ ވާހަކަ ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. އެއާއެކު އޭނާއަށް ކޮޅުކޮޅުން ފުރުސަތުތައް އަންނާން ފެށިއެވެ. މި ގޮތުން، ދިރާގު މަައިޓޯނަށް "މިލްކުވެރިކަން" މި ނަމުގައި މަޖާ އޯޑިއޯއެއް ރެކޯޑުކޮށްދޭން އޭނާާ ގާތުގައި ދިރާގުން އެދުނެވެ.
https://www.facebook.com/watch/?v=235503111119647
ވީޑިއޯ ހަދަން ފެށުނީ ކިހިނެއް؟
އެންމެ ފުރަތަމަ ޖިމޯ ތައްޔާރުކުރި ކުރު ވީޑިއޯ ފިލްމު ރެކޯޑްކުރީ ގެއަށް އައި ބީރަށްޓެއްސަކު ގެންގުޅުނު އާލާތެއް ބޭނުންކޮށްގެނެވެ. އެއީ ސީދާ ކޮން އަހަރެއްގައި ކަމެއް އޭނާ ހަނދާނެއް ނެތެވެ. ކުރު ފިލްމު ނުވަތަ ހަދަން ޝައުގުވެރިވީ އެހިސާބުންނެވެ. އޭނާ ފުރަތަމަ ހެދި ކުރު ފިލްމަށް ކިޔަނީ "ރޯކާޅު ގަޖިނީ" އެވެ. އޭރު އެކަން ކުރީ ވަރަށް އާދައިގެ އެއްޗެހީގައެވެ. ކޮސްޓިއުމް ވެސް ގޮނޑުން ހޮވައިގެންނެވެ. އެކަމަކު ތަރުހީބު ބޮޑުވެ ދުވަސްކޮޅެއް ފަހުން ދެން ވީޑިއޯ ނަގަންފެށީ ފޯނުންނެވެ،
އެޑިޓިންގ ދަސްކުރީ އަމިއްލައަށް!
ޖިމޯ ބުނި ގޮތުގައި އޭނާ ވީޑިއޯ އެޑިޓިން ދަސްކުރީ އަމިއްލައަށް ޔޫޓިއުބް ބަލައިގެންނެވެ. ސްޕެޝިއަލް އެފެކްޓްސް އެޕްލައި ކުރަނީ އާފްޓާ އެފެކްޓްސް ސޮފްޓްވެއާރއިްނެވެ. އަދި އިތުރު މަސައްކަތްތައް ޔޫލިޑްއިންނެވެ. އޭނާ ބުނި ގޮތުގައި ވީޑިއޯ ނެގުމަށް އަދި ވެސް ބޭނުންކުރަނީ ފޯނެވެ. ކެމެރާ ބޭނުން ނުކުރެއެވެ. އޭނާ ބުނާ ގޮތުގައި ވީޑިއޯއަށް އަޑު އަޅައި ނުވަ ޑަބްކޮށް، މުޅި ވީޑިއޯ ނިންމާލާކަށް މާ ގިނަ އިރެއް މިހާރު ނުނަގައެވެ. މިސާލަކަށް މެންދުރު ފަހު ނުކުމެއްޖެއްޔާ ރޭގަނޑު ނިމޭނެ ކަމަށް އޭނާ ބުންޏެވެ. ޖިމޯ މިކަން ކުރަނީ އަމިއްލަ ހިތްހަމަޖެހުމަށެވެ. އަދި އެއްވެސް މީހެއްގެ މަސައްކަތެއް ކޮޕީ ނުކޮށް އަމިއްލަ ގޮތް އޭނާ އަބަދު ވެސް ގެންގުޅެއެވެ.
https://www.facebook.com/watch/?v=394947898518607
ދީނީ ކަންކަމަށް އިސްކަން ދޭ!
ދީނީ ކަންކަމަށް ހާއްސަކޮށް އިސްކަންދީގެން ހޭލުންތެރިކުރުމުގެ ވީޑީއޯތައް ވެސް އޭނާ ހަދައެވެ. މިކަން ފެށުނީ ކުޅުދުއްފުށިން ދިމާވި ބައެއްގެ ފަރާތުން ދީނީ ކަންކަން އެނގި ދަސްވެ، އެ ފަދަ ކަންކަމަށް ބާރު އެޅުމުގެ ގޮތުންނެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ބަރާބަރަށް ނަމާދުކުރުމަށް ޖިމޯ އިސްކަން ދެއެވެ. އަދި އޭނާ އެދެނީ އެއްވެސް މީހަކު ނަމާދަށް ފަރުވާކުޑަނުކުރުމަށެވެ.
އާންމުންގެ ތަރުހީބު ރަނގަޅު!
ޓެލިކިލާސްގެ ނަމުގައި ހެދި ވީޑިއޯއެއް ފިޔަވައި ހުރިހާ ވީޑިއޯއަކަށް ވެސް އާންމުންގެ ތަރުހީބު ލިބޭކަން ޖިމޯ ފާހަގަ ކުރިއެވެ. ހަގީގަތް ނޭނގި މީޑިއާއަކުން ފެތުރި ވާހަކައަކުން ކޯވިޑް-19އާ ގުޅިގެން ޓެލިކްލާސް ނަގަމުންދާ ގޮތަށް ޖޯކްޖަހައި ދިވެއްސެއް ކުޅެފައިވާ ވީޑިއޯއެއްގެ ގޮތުގައި ގިނަ ބަޔަކަށް އެ ވީޑިއޯ ސިފަވި އެވެ. ނަމަވެސް، ހަގީގަތަކީ އެއީ އެއް ނޫނެވެ. އޭނާގެ މި ވީޑިއޯއަކީ ޓެލިކިލާހަށް ޖެހި ޖޯކެއް ނޫނެވެ. އޭނާއަކީ ނައިފަރުގައި ޓެލިކިލާސް ޝޫޓިންގ ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި އެކަކެވެ. އެކަމުގައި އެހީތެރިވި މީހަކު އެ ކަމަށް ޖޯކު ޖަހާނެތޯއެވެ؟
އެންމެ ބޮޑަށް އެއްބާރުލުން ދެނީ ކޮން ބައެއްތޯ ސުވާލުކުރުމުން، ހާއްސަކޮށް އާއިލާ އާއި ގާތް ތަހުމަތްތެރިން މިކަމުގައި ވެ ދެއްވާ އެހީރެރިކަމާއި އެއްބާރުލުން އޭނާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ލޯބިވެރިޔާއަކީ ވެސް އޭނާގެ މަސައްކަތް ބަލައި ގަނެ އެކަމަށް ވަރަށް ތަރުހީބުދޭ ކަނބަލެކެވެ. މީގެ އިތުރުން، ބާސް، ކައްޗޭ އަދި ހަމާރާ އޭނާ އާއެކު މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާތީ އެ މީހުންނަށް ހާއްސަ ޝުކުރެއް އޭނާ އަދާކުރިއެވެ.
ޒިންމާދާރު ބައްޕައެއް!
ކައިވެނި ރޫޅުނު ނަމަވެސް އޭނާގެ ދަރިފުޅަށް އޭނާގެ ފަރާތުން ދޭންޖެހޭ ކޮންމެ އެއްޗެއް ވެސް ދެއެވެ. އެއީ ޚަރަދު ވިޔަސް އަދި ލޯތްބާއި އަޅާލުން ވިޔަސްމެއެވެ. ޖިމޯ ބުނި ގޮތުގައި ދަރިފުޅު ހުންނަނީ އޭނާގެ މަންމަގެ ގާތުގައެވެ. ކުޅުދުއްފުށީގައެވެ. އެކަމަކު ދަރިފުޅުގެ ޚަބަރު ބަރާބަރަށް އޭނާ ބަލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް