މިއަދު ރާއްޖެއިން 100 އަށްވުރެ ގިނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކޯވިޑް ވިލެޖާ ގުޅުންހުރި ކޭސްތައްކަން ހާމަކޮށްފިއެވެ.
އެގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު މައިގަނޑުގޮތެއްގައި ޕޮޒިޓިވް ކޭސްތައް އައިސްފައިމިވަނީ ކޯވިޑް ވިލެޖާ ގުޅުންހުރި ސީއޯވީ ކްލަސްޓާއިންނާއި ބާޒާރުމަތީ ކްލަސްޓާ ބީޒެޑްއެމް އާ ގުޅުންހުރި ކްލަސްޓާއިން ކަމަށެވެ.
އެޗްޕީއޭގެ ޑޭސްބޯޑުންވެސް ދައްކާގޮތުގައި މިއަދު އެކަނި 95 ކޭސް އެއް ގުޅިފައިވަނީ ކޯވިޑް ވިލެޖާއިއެވެ. އެގޮތުން ކޭސް ނަމްބަރު 302 އިން ފެށިގެން ކޭސް 396 އާހަމައަށް އެންމެންނަކީ އެ ކްލަސްޓާގެ ޕޭޝަންޓުން ކަމަށް ބުނެފައިވެއެވެ.
ކޯވިޑް ވިލެޖަކީ ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ އައިސޮލޭޝަން ފެސިލިޓީއެވެ. އެ ފެސިލިޓީއާއި ގުޅޭ އިތުރު ދެ ކްލަސްޓާއެއްވެސް ހިމެނެއެވެ. އެއީ އެމްއެންޑީއެފް ވޯކްޝޮޕް ކްލަސްޓާ އާއި އާރުސީސީ ކާޕެންޓްރީ ކްލަސްޓާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް