ކޯވިޑް-19: ނިޔާވި މަރްހޫމާގެ ފިރިމީހާ ޕޮޒިޓިވް، މިހާރު އޮތީ ޑީއެޗް11ގައި

ކޯވިޑް-19ގައި ރާއްޖެއިން ފުރަތަމަ ނިޔާވި މަރްހޫމާ، އައިމިނަތު އާދަމްގެ ފިރިކަލުން، ކޯވިޑް19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވެ އައިޖީއެމްއެޗްގެ ޑީއެޗް 11 އަށް ބަދަލުކޮށްފިއެވެ. ދުވަހަށް ކަށަވަރު ކުރެވިފައިވ...

30 Apr 2020 | 13:52

ކޯވިޑް-19ގައި ރާއްޖެއިން ފުރަތަމަ ނިޔާވި މަރްހޫމާ، އައިމިނަތު އާދަމްގެ ފިރިކަލުން، ކޯވިޑް19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވެ އައިޖީއެމްއެޗްގެ ޑީއެޗް 11 އަށް ބަދަލުކޮށްފިއެވެ.

ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި، އޭނާ ޑީއެޗް11 އަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ސީދާ ވަގުތު އެނގިފައެއް ނުވެއެވެ. ނަމަވެސް ކޯވިޑް-19ގެ ނަތީޖާ ލިބުނީ މިއަދު ހެނދުނުކަން އެނގިފައިވެއެވެ. އަދި އެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަންވެސް އެނގިފައިވެއެވެ. ހާލު ދެރަ ނަމަވެސް ހާލު ސީރިއަސް ނުވަތަ ކްރިޓިކަލް ކަން އެނގިފައެއް ނުވެއެވެ.

ނަމަވެސް ހާލު ދެރަ ކަމާއި ޑީއެޗް 11 އަށް ބަދަލުކޮށްފައިވާކަން އާއިލާގެ މެމްބަރަކުވެސް ދުވަހަށް ކަށަވަރުކޮށްދީފައިވެއެވެ.

ރޭގައި ނިޔާވި، މަރްހޫމާ އައިމިނަތު އާދަމްގެ އުމުރަކީ 83 އަހަރެވެ. ނިޔާވި އައިމިނަތު އާދަމް އަކީ ކުރިން ކޯވިޑް ޖެހުނު މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެކެވެ. އަދި މިހާރު ޑީއެޗް 11 އަށް ބަދަލުކޮށްފައިވާ އޭނާގެ ފިރިކަލުންނަކީވެސް ޑައިރެކްޓް ކޮންޓެކްޓެކެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް