މިއަދު އެކަނި ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި އަދަދު 100 އިން މައްޗަށް

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 107 އަށް އަރައިފިއެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. އެގޮތު...

30 Apr 2020 | 12:43

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 107 އަށް އަރައިފިއެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ.

އެގޮތުން އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދުގެ 4:30 އާއި ހަމައަށް 95 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާގޮތުން ނަމަ މިއަދު 107 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 107 ބިދޭސީއަކާއި ނުވަ ދިވެއްސަކު ހިމެނެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 61 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 32 މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.

މި އެންމެންނަކީ މުޅިން އާ ވަކި ކްލަސްޓާއެއް ކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ކްލަސްޓާއަށް ދީފައިވާ ނަމަކީ ސީއޯވީ ކްލަސްޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް