އަންނަ ހޯމަ އަދި ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސް އިން ދޭނެ ހިދުމަތްތަކާ އެ ހިދުމަތްތައް ހޯދޭނެގޮތް ހާމަކޮށްފިއަް

އަންނަ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:00 އަށް ތއަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށްވަނީ ހަމަޖެހިފައިވާކަމާއި އެ ހިދުމަތްތައް ހޯދޭނެ އަދި އެ ހިދުމަތ...

30 Apr 2020 | 10:32

އަންނަ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:00 އަށް ތއަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށްވަނީ ހަމަޖެހިފައިވާކަމާއި އެ ހިދުމަތްތައް ހޯދޭނެ އަދި އެ ހިދުމަތްތަކަށް އެދެވޭނެ ގޮތް އެ ބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން ބީއެމްއެލްއިން ބުނެފައިވާގޮތުގައި އެދުވަސްތަކުގައި ދޭނެ ހިދުމަތްތަކަކީ

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

ލޯކަލް ބޭންކް ޓްރާންސްފަރ

މިއެވެ.

މި ހިދުމަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ނުވަތަ އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services   މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19 ގެ މި ހާލަތުގައި ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ބައެއް ކަންކަމަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޒަރޫރީ ހިދުމަތްތަކަށް ބޭންކްތައް ވަކި ވަގުތުތަކެއްގައި ހުޅުވި ނަމަވެސް ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ. މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެންމެ އިސްކަމެއްދެނީ އެ ބޭންކްގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމަށާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް މިވަނީ ބަންދުކޮށްފައި ކަމަށް ބޭންކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް