ގއ. ކަނޑުހުޅުދޫގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިއަދު 11:00 ހާއިރު އެރަށުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
"ރަށު ހެލްތު ސެންޓަރަށް ކުއްޖާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް