މާލޭގައި ޑެލިވަރީ ކުރުމަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލް ކުރަން ފުލުހުން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވީ މިހާރު ޑެލިވަރީ ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލް ކުރަން ފަށާނީ މިއަދު މެންދުރު 12:00 އިން ފެށިގެން ކަމަށެވެ. އަދި ހުރިހާ ހުއްދައެއް 48 ގަޑިއިރުގެ ތެރޭގައި ހަމަވާނެ ކަމަށެވެ.
އޭގެ ފަހުގައި ބޭނުން ކުރެވޭނީ އަލުން ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވި އެވެ. ޑެލިވަރީ ކުރުމުގެ ހުއްދަ ހޯދަން އަމަލު ކުރަން ޖެހެނީ ކުރިންވެސް އަމަލު ކުރި އުސޫލަށެވެ.
އޭނާ ވިދާޅުވީ އަލަށް ދޫކުރާ ހުއްދަތަކަކީ ކޮން ބަޔަކަށް ދޫކޮށްފައިވާ ހުއްދައެއްކަން މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށް އެނގޭނެ ކަމަށެވެ. ފައިރޫޝް ވިދާޅުވި ގޮތުގައި މާ ބޮޑު ރޭވުންތެރިކަމެއް ނެތުމާއި ހުއްދަތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މާލޭ ލޮކްޑައުން ކުރުމަށް ފަހު ކެފޭ ރެސްޓޯރަންޓް ތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވެ އެވެ. އެ ހުއްދަ ގާތްގަނޑަކަށް4،000 އަށްވުރެ ފަރާތުން ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް