ވައިރަހާއި ގުޅިގެން 100 އަށް ވުރެ ގިނަ ފުލުހުން އައިސޮލޭޓް ކުރެވިފައި

މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން100 އަށް ވުރެ ގިނަ ފުލުހުން އެކަހެރި ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ. މިމަހުގެ15 ވަނަ ދުވަހު އާންމުންގެ މެދުގައި ވައިރަސް ފެތުރެން ފެށިފަހުން މ...

30 Apr 2020 | 05:32

މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން100 އަށް ވުރެ ގިނަ ފުލުހުން އެކަހެރި ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މިމަހުގެ15 ވަނަ ދުވަހު އާންމުންގެ މެދުގައި ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް ސިފައިންގެ20 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ. ފުލުހުންގެ އިދާރާއިން ބުނީ މިހާތަނަށް ފުލުހަކު ބައްޔަށް ޕޮސިޓިވްވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވީ މިހާތަނަށް ފުލުހަކު ބައްޔަށް ޕޮސިޓިވްވެފައި ނުވާކަމަށެވެ. އެކަމަކު100 އެތައް ފުލުހުންނެއް ވައިރަސް އާއި ގުޅިގެން އެކަހެރި ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ވައިރަހުގެ އަލާމާތްތައް ފެންނަ ފުލުހުންނާއި، ޕޮސިޓިވް ވެފައިވާ ބައެއް މީހުންނާއި ބައްދަލުވެފައިވާ ފުލުހުންގެ އިތުރުން މޮނިޓަރިންގައި ތިބި ފުލުހުންނެވެ. އެމީހުން ބައިތިއްބާފައި ތިބީ ވަކި ތަނެއްގައި އެވެ.

ފައިރޫޝް ވިދާޅުވީ ވައިރަހުން ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް ފްލޫ ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. އަދި ކޮންމެ ހާލަތަކަށްވެސް ތައްޔާރުވުމުގެ ގޮތުން ހުރިހާ ފުލުހުންނަށް ވާވަރަށް ސޫޓް އާއި އެނޫން ރާއްކާތެރިކަމުގެ އާލާތްތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ފުލުހުން މާލެ ލޮކްޑައުން ކުރި ދުވަހުން ފެށިގެން އާއިލާތައް ކައިރިޔަށް ގެއަށް ދިއުން އޮންނަނީ މަނާކޮށްފައި އެވެ. އޭގެ ބަދަލުގައި ފުލުހުންގެ ނިދުމާއި ކެއުމަށް މާލޭގެ ގެސްޓް ހައުސްތަކެއް ދަނީ ކުއްޔަށް ބޭނުން ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް