ރިޝީ ކަޕޫރު މަރުވެއްޖެ

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރިޝީ ކަޕޫރު މަރުވެއްޖެ އެވެ. އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ ދެ އަހަރެއްހާ ދުވަސް ފަހުން މިއަދު އެވެ. މަރުވި އިރު އުމުރަކީ67 އަހަރެވެ. ހާލު ސީރ...

30 Apr 2020 | 04:52

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރިޝީ ކަޕޫރު މަރުވެއްޖެ އެވެ.

އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ ދެ އަހަރެއްހާ ދުވަސް ފަހުން މިއަދު އެވެ. މަރުވި އިރު އުމުރަކީ67 އަހަރެވެ.

ހާލު ސީރިއަސް ވެގެން މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި ރިޝީ އެޑްމިޓް ކުރީ އިއްޔެ އެވެ. މީގެ ކުރިން މިއަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން ހާލު ދެރަވެގެން އޭނާ އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ.

ރިޝީއަށް ކެންސަރު ޖެހުމާއި އެކު 2018 ވަނަ އަހަރުން ފެށިގެން ފަރުވާ ހޯދަމުން ދިޔައީ އެމެރިކާއިންނެވެ. ފަރުވާއަށް ފަހު އޭނާ އެނބުރި އިންޑިއާއަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެނބުރި އިންޑިއާއަށް ގޮސް އޭނާ ވަނީ ކޮމެޑީ ފިލްމު "ޝަރުމާޖީ ނަމްކީން" ކިޔާ ފިލްމަކަށް ސޮއިކޮށްފައިވެ އެވެ. އެ ފިލްމުގެ މަސައްކަތް އަދި އެއްކޮށެއް ނުނިމެ އެވެ.

ރިޝީކަޕޫރަކީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ބައްޕައެވެ. އަދި ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރުގެ ބޮޑުބޭބެ އެވެ.

ކެންސަރު ބަލީގައި މިއަދު ރިޝީ މަރުވި އިރު އިއްޔެ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އިރްފާން ހާންވެސް ވަނީ ކެންސަރު ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް