ރާއްޖޭގައި ކޯވިޑް19 އަށް 280 މީހަކު މިހާރު ޕޮޒިޓިވް ވެފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިލާގެ އައިސީޔޫ (ޑީއެޗް11)ގައި ފަރުވާދެމުން އަންނަނީ ފަސް މީހަކަށްކަން ހާމަކޮށްފިއެވެ.
އެގޮތުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެގް ޓީމްގެ ޑޮކްޓަރ، ޑރ. މޫސާ ހުސެއިން ވިދާޅުވީ އެ ފަސް ޕޭޝަންޓުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ބޭރު މީހެއް ކަމަށެވެ. އެއީ ޕާކިސްތާނު މީހެއްކަން ކުރިން ހާމަކޮށްފައިވެއެވެ.
ޑރ. ވިދާޅުވީ އެ ފަސް މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ދިވެއްސަކަށް މިއަދު އޮކްސިޖަން ސަޕޯޓް ދީފައިވާކަމަށެވެ. އަދި މި ޕޭޝަންޓުންގެ އެހެނިހެން ކޮމްޕްލިކޭޝަންސްތައްވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހަކުރު ބައްޔާއި، ލޭ މައްޗަށް ދިއުމާއި ސްޓްރޯކް ޖެހިފައިހުރުން ބައެއް ޕޭޝަންޓުންގެ ކޮމްޕްލިކޭޝަންސްގެ ތެރޭގައި ހިމެނޭކަން މޫސަ ފާހަގަކުރެއްވިއެވެ.
އަދި އެއްވެސް ޕޭޝަންޓަކު މިހާތަނަށް ވެންޓިލޭޓަރަށް ލާން އަދި ނުޖެހޭކަން ފާހަގަކުރައްވައި މޫސަ އިތުރަށް ވިދާޅުވީ ނަމަވެސް ތިން ޕޭޝަންޓަކަށް އޮކްސިޖަން ސަޕޯޓް ދީފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް