ކޯވިޑް-19: އިޓަލީގައި ކުށްކުރާ މިންވަރު ރެކޯޑް އަދަދަކަށް ދަށަށް

ކޯވިޑް19 ގެ ނުރައްކާ އެންމެ ބޮޑުވި އެއް ގައުމުކަމަށްވާ އިޓަލީގައި ކުށްކުރާ މިންވަރު މި އަހަރު ވަރަށް ބޮޑުތަން ދަށަށް ގޮސްފިއެވެ. ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އަހަރުގެ މާރިޗް މަހާ، މި އަ...

29 Apr 2020 | 19:50

ކޯވިޑް19 ގެ ނުރައްކާ އެންމެ ބޮޑުވި އެއް ގައުމުކަމަށްވާ އިޓަލީގައި ކުށްކުރާ މިންވަރު މި އަހަރު ވަރަށް ބޮޑުތަން ދަށަށް ގޮސްފިއެވެ.

ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އަހަރުގެ މާރިޗް މަހާ، މި އަހަރުގެ މާރިޗް މަހާ އަޅާބަލާއިރު، އިޓަލީގެ ކުށުގެ ރެކޯޑް ވަނީ 66.6 އިންސައްތަ ދަށްވެފައެވެ. ފާއިތުވި އަހަރުގެ މާރިޗް މަހުގައި އެކި ބާވަތްތަކުގެ ކުށުގެ ރެކޯޑް އަދަދު 203723 ގައި އުޅޭއިރު، މި އަހަރުގެ މާރިޗް މަހުގައި އިޓަލީގެ ކުށުގެ އަދަދު ކަމަށް ރަސްމީ ހިސާބުތަކުން ދައްކަނީ 68069 އެވެ.

މި ބަދަލަކީ ކޯވިޑް19 ގެ ހާލަތާ ގުޅިގެން ގައުމު ލޮކްޑައުންގައި އޮތުމުން އައި ބަދަލެއް ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ. އެހެނަސް، އިޓަލީން އަންނަ މެއި މަހުގެ 4 ގައި، ކޯވިޑް19 އާ ގުޅޭ ބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވުމުން، އަންނަ މަހުން ފެށިގެން، ކޯވިޑް19 އާ ގުޅިގެން ދަތިކަން ތަހަންމަލް ކުރަމުން އަންނަ ކުންފުނިތަކަށް، ގުރޫޕް ހަދައިގެން ކުށްކުރާ ފަރާތްތަކުގެ އުނދަގޫ ބޮޑުވެދާނެކަމަށް އެ ގައުމުން ލަފާކުރެއެވެ.

ކޯވިޑް19 އާއެކު އިޓަލީގެ އާންމު ކުށުގެ ރެކޯޑް ވަރަށް ބޮޑުތަން ދަށްވެފައި ވިޔަސް، ގާނޫނާ ޚިލާފަށް ލޯނުތަކުން ބޮޑު އިންޓްރެސްޓް ނެގުމުގެ ކުށުގެ މިންވަރު (ލޯން-ޝާކިންގ) 9.1 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް