ކޯވިޑް19ގައި ދިވެއްސަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން83 އަހަރުގެ އަންހެނެކެވެ.
މިކަމުގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ހެލްތު މިިނިސްޓަރު އަމީން ވިދާޅުވީ މަރުވެފައިވަނީ އަންހެނެއް ކަމަށާއި، ނަމަކީ އައިމިނަތު އާދަމް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭނާއަކީ ކޮންޓެކްޓް ޓްރޭސިން ތެރެއިން ފާހަގަވެފައިވާ ފަރާތެއް ކަމަށާއި އަދި މި މަހުގެ27 ވަނަ ދުވަހުގެ ރޭ ދަންވަރު ސާމްޕަލް ނެގި ނަމަވެސް ނަތީޖާ ލިބިފައިވަނީ މަރުވި ފަހުން ކަމުގައިވެސް އަމީން ވިދާޅުވިއެވެ. އޭނާ މަރުވެފައިވަނީ މިރޭ07:10 ހާއިރުގައެވެ.
މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތަކުގައި ހަރަކާތްތެރިވެފައިވަނީ އެކަމަށް ތަމްރީން ކޮށްފައި ތިބި އަންހެން ސިފައިންނެވެ. މެޑިކަލް ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް މި ކަށުކަމާ ކެމީގެ ކަންތަކުގައި ހަރަކާތްތެރިވާ އަންހެން އަދި ފިރިހެން ސިފައިން ތަމްރީން ކުރީ އިސްލާމިކް މިނިސްޓްރީންނެވެ.
ކޯވިޑް ޖެހިގެން މަރުވާ މީހުން ހިނެވުމުގެ ބަދަލުގައި ކުރާނީ ތަޔައްމަމްއެވެ. މިރޭ މަރުވި މީހާ ވަޅުލީ ތަޔައްމަމް ކޮށް ކަފުންކޮށްފައި އެވެ.
މިއީ ކޯވިޑް-19 ގައި ރާއްޖޭގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް