ބެކަޕް އިންޖީނުގެ ހުޅުވުމާއި ތެޔޮ ޓޭންކް ގާއިމު ކުރުމަށް އެމްޓީސީސީއާއެކު ސޮއެ ކުރުން -
ހިނގަމުން މި އަންނަނީ ބަރަކާތްތެރި ރަމަޟާން
މަހެވެ. މި މަހުގައި އަހަރެމެން ދިވެހީން އަޅުކަން ކުރުމާއިއެކު ކެއުން ބުއިމުގެ
އާދަތަކާއި ޢާއިލީ ގުޅުންތައް ބަދަހި ކުރުން ކުރިއަށްގެންދާއިރު ކަރަންޓުގެ
ޔަޤީންކަމަކީ ރޯދަމަހެއްގައި ލިބޭނެ އެންމެ ބޮޑު ތަސައްލީއެވެ.
އެ ތަސައްލީ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި
ސްޓެލްކޯއިން އެ ކުރަމުން އަންނަ މަސައްކަތަށް ބަލައިލަމާ ހިނގާށެވެ.
މި ރޯދަމަހާއި އަދި ކުރިއަށް އޮތް ޕީކް ސީޒަނަށް
ތައްޔާރުވުމަށް 80 ހާސް ލީޓަރުގެ ދެ ތެޔޮ ޓޭންކް ގާއިމު ކުރުމުގެ މަސައްކަތް
ސްޓެލްކޯއިން މިވަނީ ފަށާފައެވެ. މިކަމަށް އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި
މިވަނީ ސޮއެ ކޮށްފައެވެ.
ދެވަނަ ކަމަކަށް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި
އަދި ހަމަ އެހެންމެ މި ރޯދަ މަހަށް ޚާއްޞަކޮށް ސްޓެލްކޯއިން މިވަނީ ބެކަޕް
އިންޖީނުގެއެއްގެ ޚިދުމަތް ފަށާފައެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ
ފިޔަވަހީގައި ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ހުޅުވައިދެއްވި ބެކަޕް އިންޖީނުގެއަކީ
ރައްޔިތުންނަށް ކަރަންޓު ނުކެނޑުމުގެ ތަސައްލީ ކަށަވަރުވެގެންދާ ކަމެކެވެ.
ހަމަ އެންމެ ނުވަ ދުވަސް ތެރޭގައި މި ރޯދަ މަހު
ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތުން އެ ބެކަޕް އިންޖީނުގެ ތައްޔާރުކޮށް އެވަނީ
ޚިދުމަތް ދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް